އިސްލާމީ ކަންތައްތަކަށް އެހީވާ ވަގުފު ފަންޑަށް މިއަހަރުގެ މިހާތަނަށް ވަގުފް ފަންޑަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

އެކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. ،މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

މިނިސްޓަރު ވިދާލުވީ އެ ފައިސާ ލިބުނީ  ވަގުފު ފަންޑު ތަރައްގީކޮށް، ފަންޑަށް އެހީވުމަށް މީރާ ވެބްސައިޓްތެރެއިން ވަގުފުކުރުމާއި ސަދަގާތްކުރުމަށް ގާއިމުކޮށްފައިވާ ލިންކުތަކުން ކަމަށެވެ.

އެ ފައިސާ ހަރަދުކުރާނީ ވަގުފު ފަންޑު ގެ ޓްރަސްޓް ސްޓޭޓްމަންޓްގައި ބަޔާންވެގެންވާ ކަންކަމަށް، ވަގުފު ފަންޑު އުސޫލުގައިވާ ގޮތުގެ މަތިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޝަރުއީ އުސޫލުތަކާ އެއްގޮތަށް ކޭޝް ވަގުފު ފަންޑު ފެށީ މިދިޔަ އަހަރުގެ މާޗު މަހުއެވެ. އެ ވަގުފު ފަންޑު ފެށީ ވެސް 15 މިލިއަން ރުފިޔާއާ އެކުއެވެ.

ވަގުފު ފަންޑު ބެލެހެއްޓުމާ ހަވާލުވާ ފަރާތަކީ އިސްލާމިކް މިނިސްޓަރެވެ. އަދި ހުރިހާ ހާލަތެއްގައި ވެސް ވަގުފު ފަންޑަށް ޒިންމާވާންޖެހޭ އެންމެ އިސް ފަރާތަކީ، އިސްލާމިކް މިނިސްޓްރީއެވެ.

Leave a Reply