މި ބޮޑު އީދުގައި އެމްއެންޑީއެފްއާ ސަރުކާރު ހިއްސާވާ 10 ކުންފުންޏެއް ގުޅިގެން “ޢީދު ހަވީރު 1447″ގެ ނަމުގައި ހަރަކާތްތަކެއް މާލެ ސަރަހައްދުގައި ކުރިއަށްގެންދިިއުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފްއިން މައުލޫމާތުދިންގޮތުގައި މި ހަރަކާތްތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދުނިޔޭގެ އިޤްތިޞާދީ ހާލަތަށް ރިއާޔަތްކޮށް ފާޑުކިޔުންތައް އަމާޒުކުރި ނަމަވެސް، މި ހަރަކާތްތަކަކީ އާއިލާތަކަށް އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

އެމްއެންޑީއެފްގެ އިތުރުން މި ހަރަކާތުގައި ބައިވެރި ވަނީ:

  • ސްޓެލްކޯ
  • އެމްޑަބްލިއުއެސްސީ
  • ވެމްކޯ
  • އެމްޕީއެލް
  • އެމްޓީސީސީ
  • އެމްއޭސީއެލް
  • މިފްކޯ
  • އާރުޑީސީ
  • އެޗްޑީސީ
  • އެފްޑީސީ

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހަރަކާތްތައް އޮންނާނީ މި މަހުގެ 27،28 އަދި 29ވަނަ ދުވަހު ހަވީރު 4:00އިން 6:00އަށް ކުރިއަށެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް:

  • ސަލްޓަން ޕާކް
  • ޖުމްހޫރީ މައިދާން
  • ރައީސުލްޖުމްހޫރިއްޔާގެ ޖެޓީ ސަރަހައްދު
  • ސެންޓްރަލް ޕާކް (ހުޅުމާލެ)
  • ހިޔާ ސަރަހައްދު (ހުޅުމާލެ)
  • ވިލިމާލެ ބޯޅަދަނޑު

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މި ހަވީރުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި، ޔުނިފޯމް އަދި އެކިއެކި އުޅަނދުތައް ދައްކާލުމުގެ އިތުރުން ފޮޓޯ ނެގުމުގެ ފުރުސަތު ޢާންމުންނަށް ހުޅުވާލާނެ ކަމަށާއި ފޯމް ބާތު ޕޫލް، ވޯޓާ ސްލައިޑް، ރެޕެލިންގް، އަދި އެމްއެންޑީއެފްގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ ޚާއްސަ ހުށަހެޅުންތައް ވެސް ފެނިގެންދާނެ ކަމަށެވެ.

އެމްއޭސީއެލްގެ ފަރާތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްސަ ޓްރީހައުސްއާއި  ބޮޑުބެރާއި މާލީގެ ހަރަކާތްތަކުގެ އިތުރުން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤްގެ ހުނަރުތައް ދައްކާލުން ހިމެނެއެވެ. އޭގެ އިތުރުން އެމްޕީއެލްގެ ސްޓޯލުން ކުޑަކުދިންނަށް ވެލިގަނޑުގައި ކުޅުމާއި، ހެވީ ވެހިކަލްތައް ދައްކާލުން ފަދަ ތަފާތު ހަރަކާތްތައް ރާވައިފައި ވެއެވެ.

Leave a Reply