
މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތް ދައްކާ މިންވަރު ގާތްގަނޑަކަށް 99 ޕަސެންޓް އިތުރު ވެފައިވާ ކަމަށް ދައްކައިފިއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތައް ދައްކާ ގޮތުން 2026ވަނަ އަހަރުގެ މިހާތަނަށް، އަހަރުގެ މިހާތަނަށް ޖުމްލަ މުދަލު ޒަކާތުގެ ގޮތުގައި 79,600,886 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 61,578,805 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
މީރާއިން ބުނީ މަހެއްގެ ހިސާބުތަކަށް ބަލާއިރު، 2025ވަނަ އަހަރުގެ އެ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 10,644,219 މިލިއަން ރުފިޔާއެވެ. ނަމަވެސް 2026ވަނަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 21,298,321 މިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ގާތްގަނޑަކަށް ދެގުނައެއްހާ ބޮޑު ކުރިއެރުމެކެވެ.
މިގޮތުން މ މަހު ދިވެހި ރުފިޔާއިން 21,272,519 ރުފިޔާ ލިބިފައިވާއިރު، ޑޮލަރުގެ ގޮތުގައި 1,679 ޑޮލަރު ވަނީ ޒަކާތައް ބަލައިގެންފައެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 10,631,354 ރުފިޔާ އަދި 837 ޑޮލަރުގައެވެ. އަދި މި އަހަރުގެ މިހާތަނަށް ލިބުނު ޖުމްލަ ފައިސާގެ ތެރޭގައި 79,101,297 ދިވެހި ރުފިޔާގެ އިތުރުން 32,504 ޑޮލަރު ވެސް ހިމެނެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޑޮލަރުން ލިބިފައި ވަނީ އެންމެ 2,117 ޑޮލަރެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































