ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ފަރާތުން ކޮންމެ އަހަރަކު ތައްޔާރުކުރާ “ސަގާފީ ދަތުރު”ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދުއަށް ތައާރަފްކޮށް އެކަމަނާއަށް އަރުވައިފިއެވެ.

މިނިސްޓަރު ހީނާއަށް އެ ދަތުރު ތައާރަފްކޮށްދެއްވީ އެކަމަނާ އިއްޔެ ވިލާ ކޮލެޖަށް ކުރެއްވި ޒިޔާރަތުގައެވެ.

ވިލާ ކޮލެޖުން މައުލޫމާތު ދޭ ގޮތުގައި “ސަގާފީ ދަތުރު”ގެ ނަމުގައި ތާރީހާއި ސަގާފަތަށް ހާއްސަ ހަރަކާތެއް ފަރުމާކޮށް ރޭވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހި މާއްދާއަށް ޝައުގުވެރިން އިތުރުވާނޭ ފަދަ ގޮތަކަށް ބަހާއި ބަހުރުވަތަކަށް ދަރިވަރުން އަހުލުވެރިކުރުވުން ކަމަށެވެ.

މިހަރަކާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދާތާ މިއީ 13ވަނަ އަހަރުކަމުގައި ވިލާ ކޮލެޖުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ވެސް، ވަޒީރުގެ މި ޒިޔާރަތުގައި މިވުޒާރާއާއި ވިލާ ކޮލެޖާ ގުޅިގެން ތައުލީމީ ރޮނގުން ފަންނާއި ސަގާފަތުގެ ދާއިރާ ކުރިއެރުވިދާނެ ގޮތްތަކާ ގުޅޭ ގޮތުން އިއްޔެ ހީނާ މަޝްވަރާކުރެއްވިއެވެ.

Leave a Reply