ސިނަމާލެ ބުރިޖުގައި ކާރެއް މަޑުކުރުމުން ތިން ކާރެއް އެކްސިޑެންޓްވެ ބޮޑެތި ގެއްލުންތަކެއް އެވެ.

ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ ހާދިސާ ރިޕޯޓްކުރީ މިއަދު މެންދުރު 12:27 އެހައިކަންހާއިރު ކަމަށެވެ.

އެގޮތުން ބުރިޖުގައި ކާރެއް މަޑުކޮށްލުމުން ފަހަތުން އައި ތިން ކާރު ކޮންޓްރޯލް ނުވެ ޖެހިގެން އެކްސިޑެންޓްވީ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އެ ތިން ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

އޭގެ އިތުރުން މަޑުކުރި ކާރަށް ވެސް ކުޑަކުޑަ ގެއްލުންތަކެއް ލިބުނެވެ.

ނަމަވެސް އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެއެވެ.

ބުރިޖުގައި ވެހިކަލްތައް މަޑުކޮށްގެން މީގެ ކުރިން ވެސް އެކްސިޑެންޓްތައް ހިނގާފައި ވެއެވެ.

Leave a Reply