
ޓޫރިޒަމް ދަށް އަތޮޅުތަކުގައި އެ ސިނާއަތް ފައްކާވާން ދެން ގިނަ ދުވަސް ނުނަގާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސްގައި މިރޭ ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯއާއި މިދިޔަ ފެބްރުއަރީ މަހު ދެއްވި ރިޔާސޯ ބަޔާނުގައި ވިދާޅުވި ގޮތަށް ޓޫރިސްޓު ރިސޯޓުތައް ރަނގަޅަށް އަދި ފައްކާ ނުކުރެވޭ އަތޮޅުތައް ޓޫރިޒަމްއަށް ފައްކާކުރަނަ މި އަހަރު މަސައްކަތް ކުރައްވާނެ ކަމަށެވެ.
ްއެގޮތަށް ޓޫރިޒަމްއަށް ފައްކާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވީ ހއ., ހދ., ނ., ތ., ލ., އަދި އައްޑޫ ސިޓީއެވެ.
ރައީސް ވިދާޅުވީ އެ އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީކުރާނީ އިނާޔަތްތަކާއި ލުއިތައް ހިމެނޭހެން ގިނަ ކަންތައްތަކެއް ހިމެނޭ “އެޕްރޯޗް” އެއްގެ ތެރެއިން ކަމަށެވެ.
“ދަތުރުފަތުގެ އިންފްރާސްޓްރަކްޗާއަށް މިހާރު ކުރަމުންދާ އިންވެސްޓްމަންޓްތަކާއެކު ޓޫރިޒަމް ދާއިރާ އާ ބާބަކަށް މިހާރު މިއޮތީ ފައްކާވެފައި. އަންނަ ހަފްތާގައި އެކަމާ ގުޅޭ އިތުރު މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން ހާމަކުރާނެ” ރައީސް ވިދާޅުވި އެވެ.
As I pledged in the Manifesto and as stated in my address to Parliament in February this year, we are going to unlock the tourism potential in atolls that previously did not have much resort developments. These include Haa Alif, Haa Dhaalu, Shaviyani, Thaa, Laamu and Addu City.…
— Dr Mohamed Muizzu (@MMuizzu) June 27, 2025
ހަލާލް ޓޫރިޒަމަށް ވަކި ރަށްތަކެއް ތަރައްގީކުރަން ކަނޑައަޅައި އެކަމަށް އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ނިންމާފައިވާކަން ވެސް ރައީސް މުއިއްޒު މިއަދު ވަނީ އިއުލާނު ކުރައްވައިފަ އެވެ.















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































