
ދިރުވާލައިގެން އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ކަސްޓަމްސްއިން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ މީހާ އެެތެރެކުރަން އުޅުނީ ކޮކެއިން ކަމަށެވެ.
ވީއައިއޭއިން އެެތެރެވި އެ މީހާ ދިރުވާލައިގެން އެތެރެކުރަން އުޅުނު 66ބުލެޓްގައި 1180ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އެ ތަކެތީގެ މަަގުމަތީއަގު 2.9މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރު ވާނެ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
އަތުލައިގަތް މީހާގެ ވަނަވަރު ކަސްޓަމްސްއިން ހާމައެއް ނުކުރެއެވެ.
މި ފަހަކަށް އައިސް މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































