
ހުޅުމާލެ 1އާއި ހުޅުމާލެ 2ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމުގެ ގޮތުން ކުރިއަށް ގެންދަން ނިންމާފައިވާ މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މަދަނީ ޖަމިއްޔާތަކަށް ހުޅުވާލައިފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ މުރަކަ އިންދުމުގެ ހަރަކާތް ކުރިއަށް ގެންދާނީ އަންނަ މަހުގެ 13ވަނަ ދުވަހު ކަމަށެވެ.
އެގޮތުން އެ ހަރާކަތުގައި ތިމާވެށި ހިމާޔަތްކުރުމަށްޓަކައި މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކަށް ބައިވެރިވެވޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެެ ހަރަކާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެޗްޑީސީއަށް އީމެއިލްއަކުން އެންގުމަށް ވެސް އެެޗްޑީސީން އެދިފައިވެއެވެ.
ޗެނަލް ޕާކުގައި މުރަކަ އާލާކުރުމަށް ހުރަސް އެޅޭނެކަމަށް ބުނެ އެޗްޑީސީން ވަނީ އެތަނަށް ކަނޑުއުޅަނދުފަހަރަށް ނުވަދެވޭ ގޮތަށް ވެސް ހަދައިފައެވެ.
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































