
މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އެ ތަނުގެ އެއް ކޮޓަރި އެއްކޮށް އަނދައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ ހިޔާ ޓަވަރު އަށެއްގެ ފަނަރަވަނަ ފަންގިފިލާގެ ދިހަވަނަ އެޕާޓްމަންޓުގައެވެ. މި ހާދިސާގެ ސަބަބުން މުޅި އެޕާޓްމަންޓަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، އެއް ކޮޓަރި ވަނީ އަލުން ބޭނުން ނުކުރެވޭ މިންވަރަށް އަނދައިގެން ގޮސްފައެވެ.
ހުޅުމާލެ ފޭސް 2 ހިޔާ ޓަވަރު 8 ގެ 15 ވަނަ ފަންގިފިލާގެ 10 ވަނަ އެޕާޓްމަންޓުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި، އެ އެޕާޓްމަންޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ. މި ހާދިސާގައި އެޕާޓްމަންޓުގެ އެއް ކޮޓަރި އެއްކޮށް އަނދައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، އެ ގޭގައި… pic.twitter.com/iQa9dQuaeg
— NDMA Maldives (@NDMAmv) May 13, 2026
މި އެޕާޓްމަންޓުގައި ދިރިއުޅެމުންދިޔަ ހަތަރު މެންބަރުންގެ މައްޗަށް އެކުލެވޭ ޢާއިލާއަށް މިވަގުތު ބޭނުންވާ އެންމެހާ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް އެ އޮތޯރިޓީގެ ފަރާތުން މިހާރު ދަނީ ކުރަމުންކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































