ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރައީސް ޢައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން އެ ކޮމިޝަންގެ މެންބަރުކަމަށް އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ނަސީރު ޖޭއެސްސީގެ މެންބަރުކަމުގެ ހުވާކުރައްވައި އިގްރާރުގައި ސޮއިކުރެއްވީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ. އަދި ޢަލީ ނަޞީރަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން ކަމަށް ވެސް ބުނެފައިވެއެވެ.

ހުވާކުރެއްވުމަށް ފަހު ރައީސް ވަނީ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ނަސީރުއާ ހަވާލު ކުރައްވައިފައެވެ.

މިއަދު ޖޭއެސްސީ ގެ މެންބަރު ކަމަށް އައްޔަން ކުރި އަލީ ނަސިރު ކުރިން މަސައްކަތްކުރެއްވީ ފުލުހުންގެ އިންޓެލްގައެވެ. އަދި އެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ ޕޮލިސް ބޯޑުގެ މެންބަރުކަމުގައެވެ.

ރައީސްގެ މެންބަރުގެ ގޮތުގައި އެންމެ ފުރަތަމަ ހުންނެވީ ވަކީލު މުހައްމަދު ސަމީރެވެ. ސަމީރު ވަކިކުރައްވައި ޔަޒްމީދު އެ ކޮމިޝަނަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

Leave a Reply