ކ. ތުލުސްދޫގައި އިމާރާތްކުރާ އިސްރަށްވެހިންގެ ހިޔާވަހި ހަދަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމަންޓްއާއެކު އެމްޓީސީސީއިން ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ.

ތުލުސްދޫގައި ހަދާ އެ މަރުކަޒަކީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ “އޭޖްޑް ކެއާ ސެންޓަރު”ތަކެއް ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވާ ވައުދުފުޅުގެ ދަށުން ގާއިމުކުރާ މަރުކަޒެކެވެ.

އެ މަރުކަޒުން އިސްރަށްވެހިންގެ ތެރެއިން އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވިގެންދިއުމާއެކު، އެ ފަރާތްތަކަށް ސިއްހީ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ސޯޝަލަ އެންޑް ފެމިލީ ޑިވޮލޮޕްމަންޓްއިން ބުންޏެވެ.

ށ. ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ގާއިމުކުރަން ވެސް މިދިޔަ މަހު އެމްޓީސީސީއާ އޮތީ ހަވާލުކޮށްފައެވެ.

Leave a Reply