އައުޓްޑޯ އޭސީގެ ބައިތަކެއް ވަގަށް ނަގައިގެން ދާން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ޔެލޯހައުސ،ް ސ. ފޭދޫ، މުހައްމަދު ޝިއުނީޒް(41އ.)އެވެ.

އަމުރުގައި ބުނެފައިވާ ގޮތުން ޝިއުނީޒް ދޫކޮށްލައިފިނަމަ  މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެ މައްސަލައިގައި ހަތް ދުވަސް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ ޝިއުނީޒްއަކީ މިދިޔަ ރޯދަ މަހު ދުވާލު ކައިގެން ވެސް ހައްޔަރުކުރި މީހެކެވެ.

އޭސީ އައުޓްޑޯ ޔުނިޓްތަކަކީ ވަރަށް ބަރު އެއްޗަކަށްވެފައި އަދި އާންމުކޮށް ބެލްކަނިތަކުގައި ހުންނަ ތަކެއްޗަށްވާތީ އެތަކެތި ވަގަށް ނެގުމަކީ އެހާ އާންމުކަމެއް ނޫނެވެ.

Leave a Reply