ފާއިތުވި ހަފުތާގެ ތެރޭގައި ކުއްލި ނުރައްކަލުގެ 11 ހާދިސާއަކަށް، ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމުގެ މަޤުޞަދުގައި ދިފާއީ ބާރުގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް)އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ޤައުމީ ދިފާޢީ ބާރުން މީސްމީޑިއާގައި އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ހާދިސާތައް ރިޕޯޓުކޮށްފައި ވަނީ މާލޭ އޭރިއާ ކޮމާންޑަށެވެ. އެގޮތުން މާލެ ސަރަހައްދުން ޖުމްލަ އަށް މައްސަލައެއް ހުށަހަޅާފައިވާއިރު، ރާއްޖޭގެ ދެކުނުގެ ސަދަން އޭރިއާ ކޮމާންޑަށް ތިން ހާދިސާއެއް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން އުތުރުގެ ބައެއް ސަރަހައްދުތަކުގައި ހިނގި ކަންކަމުގައި ވެސް އެ މުއައްސަސާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އަލިފާނުގެ ނުރައްކާތަކާއި އެހެނިހެން ބޮޑެތި ކާރިސާތަކުގެ ވަގުތުގައި އާންމުންނަށް އެހީތެރިވުމަށްޓަކައި އެމްއެންޑީއެފްގެ އެފްއާރުއެސްއިން އަންނަނީ ރެޔާއި ދުވާލު، މެދުކެނޑުމެއްނެތި ސައުވީސް ގަޑިއިރު ހިދުމަތް ދެމުންނެވެ. އަދި މިފަދަ ކޮންމެ ކުއްލި ހާލަތެއް މެދުވެރިވާ ހިނދު، ލަސްނުކޮށް އެ މުއައްސަސާގެ ހޮޓްލައިން ނަންބަރު 118އަށް ގުޅައިގެން އެހީތެރިކަން ހޯދުމަށް ސިފައިން ވަނީ އާންމު ރައްޔިތުންގެ ކިބައިން އެދިފައެވެ.

Leave a Reply