މިދިޔަ ޖޫން މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 86 މައްސަލައެއް ރިޕޯޓްކޮށްފިއެވެ.

މިނިސްޓްރި އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހު ގޭތެރޭގައި އަނިޔާ ކުރަނިކޮށް ފެނުމުގެ 8 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު ނަފްސާނީ އަނިޔާ ގެ 5 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. ޖިސްމާނީ އަނިޔާގެ 17 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ޖިންސީ އަނިޔާގެ 25 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ރިޕޯޓުކޮށްފައިވާ ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ:

  • ކުޑަކުދިން ޓްރެފިކް ކުރުން – 1
  • ބްލެކްމެއިލް ކުރުން – 3
  • ގަނާގެ ޝިކާރައަކަށްވުން – 9
  • އިންޓަނެޓް މެދުވެރިކޮށް ގަނާ ކުރުމުގެ ޝިކާރައަކަށްވުން – 1
  • ކުޑަކުދިންގެ އޮރިޔާންކާޑު އުފެއްދުން – 1
  • އިންޓަނެޓް މެދުވެރިކޮށް ކުދިން ގްރޫމްކުރުން – 2
  • އިހުމާލުވުން – 14

ކުޑަކުދިން އަހުލާގީ މައްސަލަތަކުގެ ތެރޭގައި ރުޅިގަދަވެ ރުޅި ކޮންޓްރޯލް ނުކުރެވުމުގެ 16 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ގެއިން ފިލައިގެން ދިއުމުގެ މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. ސުކޫލަށް ދިއުމަށް އިންކާރުކުރުމުގެ 7 މައްސަލައަކާއި އެހެނިހެން 6 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން ކުއްޖަކު ފޯސްޓާ ކޮށްފައިވާއިރު 4 ކުއްޖަކު އަނބުރާ އާއިލާއާ ހަވާލުކޮށްފައިވެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގޭތެރޭގެ އަނިޔާގެ 35 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. ރޭޕްގެ 2 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު ޖިސްމާނީ އަނިޔާގެ 17 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. ނަފްސާނީ އަނިޔާގެ 9 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު ބިރުދެއްކުމުގެ 3 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. އަދި ގަދަކަމުން ގެއަށް ވަދެގަތުމުގެ މައްސަލައަކާއި ބްލެކްމެއިލް ކުރުމުގެ 3 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ.

Leave a Reply