
އިނޮވޭޓިވް ކްލައިމެޓް ފައިނޭންސް ގެ އުފެއްދުމުގެ ދާއިރާ އިން އދ،ގެ ގްލޯބަލް ލީޑާޝިޕް އެންޑް އީއެސްޖީ ޕްރޮގްރާމްގެ ދޭ ބައިނަލްއަޤްވާމީ އެންމެ ޝަރަފުވެރި އެވޯޑެއް އިމާރާތް ކުރުމުގެ ދާއިރާގެ ރައީސް މުހައްމަދު އަލީ ޖަނާހުއަށް ލިބިއްޖެއެވެ.
މި އެވޯޑް ޖަނާހުއާ އެރުވުން އޮތީ ސުވިޓްޒަލޭންޑްގެ ޖެނީވާގައި ހުންނަ އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައިޓީޔޫ)ގެ ހެޑްކުއާޓާސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިއީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ އައު ގޮތްތައް ނުވަތަ “އިނޮވޭޓިވް ކްލައިމެޓް ފައިނޭންސް”ގެ އުފެއްދުމުގެ ދާއިރާއިން ދޭ ބައިނަލްއަޤްވާމީ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މި އަހަރު ދިން “2026އެނުއަލް އިނޮވޭޓިވް ކްލައިމެޓް ފައިނޭންސް އިންޑިވިޖުއަލް އެވޯޑް ފޯ އެކްސެޕްޝަނަލް އެޗީވްމަންޓް”އަކީ ޔުނައިޓެޑް ނޭޝަންސް ގްލޯބަލް ލީޑަޝިޕް އެންޑް އީއެސްޖީ ޕްރޮގްރާމްގެ ފަރާތުން ދޭ ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑު ޝަރަފެކެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































