
ފަށާތައުލީމު މަރުހަލާގެ ފޮތް ސެޓް ނެރެފިއެވެ.
މިފޮތް ސެޓް ނެރެދެއްވީ އިސްލާމީ ކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ޑރ ޝަހީމް އަކީ މި މަޝްރޫގެ މަސްޢޫލުވެރިޔާ ވެސް މެއެވެ.
ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ “މިއީ ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދިޔަ ތައުލީމީ ތަރުބަވީ އިސްލާމީ މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި މިއީ 2021ގައި ފެށި މަޝްރޫޢެއްކަމަށާއި 65 ފޮތް ހިމެނޭ މި މަޝްރޫޢުގައި ބޭބީ ނާސަރީ، ނާސަރީ، އެލްޖޭޖީ، ޔޫކޭޖީ މަރުޙަލާގެ ފޮތް ހިމެނޭ.” ކަމަށެވެ. އަދި ވިދާޅުވީ “މި މަރުޙަލާތަކުގައި ޤައުމީ މަންހަޖުގައި ހިމެނޭ ހުރިގައި މާއްދާތަކެއްގެ ފޮތްތަކުގެ އިތުރުން، އިސްލާމީ އަދަބު އަޚްލާޤައި ޢަރަބި މާއްދާއެއް ވެސް ހިމެނޭނެ” ކަމަށެވެ.
އިސްލާމީ ތަރުބަވީ ފަލްސަފާގެ އަލީގައި ތައްޔާރުކުރެވުނު މި ފޮތް ސެޓް، އަޅުގަނޑުގެ ބެލުމުގެ ދަށުން ލިޔެ އެކުލަވައިލެއްވީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަންގެ ކުރީގެ ކަރިކިއުލަމް ޑިވެލޮޕަރ މަރިޔަމް ޝަޒްނާއެވެ. ޤުރްއާން މާއްދާގެ ފޮތް ތައްޔާރުކުރެެއްވުމުގައި ޢާބިދާ މިސް ބައިވެރިވެލެއްވިއެވެ. ބޭބީ ނާސަރީގެ ޢަރަބި މާއްދާގެ ފޮތް ތައްޔާރު ކުރެއްވީ ނީނާ މިސްއެވެ. ފޮތްތަކުގެ ކުރެހުންތައް ތައްޔާރުކޮށް ޑިޒައިން ކުރީ ޚަދީޖާ ޢަބްދުﷲއެވެ.
މި ފޮތްތައް މުރާޖިޢާކުރެވުނީ އެކި މަރުޙަލާތަކުގައި، އެކި މާއްދާތައް އެކި ބޭފުޅުންނެވެ. އެއިގެ ތެރޭގައި އުސްތާޒު އިމްތިތާއު އައްބާސް، އުސްތާޛު މުޙައްމަދު ފިރުޒުލް އަދި ޝިފާޔަތު އަލީ ހިމެނެއެވެ.
މި މަޝްރޫޢުގެ ފުރަތަމަ މަރުހަލާގެ ފޮތްތައް މިއަދު ޕަބްލިޝްކުރެވިގެންދާއިރު މިބޮޑު މަޝްރޫޢު ކާމިޔާބު ކުރުމުގައި އެހީތެރިވެލެއްވި ޝައިޚު މުޙައްމަދު ލަތީފްއާއި، އިދާރީ ގޮތުން އެންމެ ގާތުން އެހީވި މަދީނާ އިންވެސްޓްމަންޓްސްގެ ސީއީއޯ އަލީ އަހުސަނާއި އައިއޯސީސީގެ ކޯފައުންޑަ އަލީ އަޝްވާޤަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ.
މާލީ ގޮތުން މި މަޝްރޫޢަށް އެހީތެރިވެލެއްވި ބޭފުޅުންނަށް ހެޔޮ ދުޢާ ރައްދުކުރަމެވެ.
މި މަޝްރޫޢު އެކުލަވައިލުމުގެ މަޤްސަދަކީ އިސްލާމީ ފަލްސަފާގެ މައްޗަށް ފައުންޑޭޝަން ސްޓަޑީސް މަރުޙަލާގެ ފޮތްތަކެއް ނެރުމެވެ. މިއަދު މިނެރެވިގެންދަނީ ބޭބީ ނާސަރީގެ 16 ފޮތެވެ. ބާކީ 49 ފޮތް ނެރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ހުރިހައި ފޮތެއް ވެސް ވަނީ ލިޔެ ނިމިފައެވެ. މި މަޝްރޫޢަށް މާލީ އެހީތެރިކަން ދެއްވަން ޝައުޤުވެރިފާ ފަރާތްތަކަށް އެފުރުޞަތު އެބަ އޮތެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ނެރެވޭ ފުރަތަމަ ފޮތް ސެޓެވެ.
މި ފޮތްތައް އެކުލަވައިލެވިފައި ވަނީ ބެލެނިވެރިންނަށް ވެސް ގޭގައި ދަރީންނަށް ކިޔަވައި ދެވޭ ގޮތަށާއި ފައުންޑޭޝަން މަރުހަލާގައި ޕްރީ ސްކޫލުތަކުގައި ވެސް ބޭނުން ކުރެވޭ ގޮތަށެވެ.

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































