މާލޭގެ މިސްކިތްތަކުން ބޭރަށް އަޑު ނީވޭގޮތަށް ހަދަން އަންގާފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ނަމާދު ގަޑީގައި މާލެ ސިޓީގެ ހުރިހައި މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތައް އަޑު ކަނޑާލަން އަންގާފައިވާކަމަށް ބުނާ ވާހަތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ނަމަވެސް އެ ވާހަކަތަކަށް ރައްދު ދެއްވައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ހަވީރު މީޑިއާތަކާ ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ މިސްކިތްތަކުން ބޭރަށް އަޑު ނިވޭގޮތަށް އަޑު ކަނޑާލަން އެންގި ކަމަށް ބުނާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

ބައެއް މިސްކިތްތައް އާންމުން ދިރިއުޅޭ ގެތަކުގެ ބުޑުގައި ހުންނައިރު މިސްކިތްތަކުގެ އަޑުގަދަކުރާ މައިކް މާއަޑުގަދަަކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

Leave a Reply