ހަތަރު ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި އިންޑިއާ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން މަސްތުވާތަކެތި އެތެރެކޮށްގެން ހައްޔަރުކުރީ ޝަނަވާސް މަލަޔިލް (39އ)އަދި އެލީސް މައިކަލް ބްރަމްހޭން (29)އެވެ.

ދެ މީހުންވެސް ހައްޔަރުކުރީ  ރާއްޖެ އެތެރެކުރި އިރު ގިނަ އަދަދެއްގެ ޓެޓްޓާހައިޑްރޯ ކެނަބިނޯލް (ޓީއެޗްސީ)އެތެރެކޮށްގެންނެވެ.

އެގޮތުން ޝަނަވާސް ރާއްޖެ އެތެރެވި އިރު 1.8ކިލޯގެ ޓީއެޗްސީ ފެނުނު ކަމަށާއި އަދި ކެނެބިސްއާއި މެތައެމްފެޓަމިންއަށް ޝަނަވާސްގެ ކުޑަކަމުދާތަކެތި ޕޮޒިޓިވްވި ކަމަށް ވެސް ބުނެފައިވެއެވެ. އޭނާ ކޮންޓްރޯލް ޑެލިވަރީއަށް އެއްބާރުލުން ދީފައި ނުވާ ކަންވެސް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އަދި އެލީސް ރާއްޖެ އެތެރެވި އިރު 2.5ކިލޯގެ ޓީއެޗްސީ ފެނުނު ކަމަށާއި އަދި އޭނާގެ ފޯނުގެ އެކްސްޓްރެކްޝަން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.

އެލީސް މަސްތުވާތަކެތި އެތެރެކުރި ކޭސްއަކީ އިންތިޒާމްވެގެން ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ކުށެއް ކަމަށް ބެލެވޭ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.

އެ މައްސަލައިގައި އެލީސް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި އިރު ޝަނަވާސް 15ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Leave a Reply