
ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލްއިން މާލެ ސިޓީގެ 45 މިސްކިތެއް މަރާމާތުކޮށް ސަހަރާތަކުގެ ޖާގަ އިތުރުކޮށްފިއެވެ.
މިސްކިތްތައް ރީތިކުރުމަށް ކުރި މަސައްކަތްތަކުގެ ތެރޭގައި، ކަރަންޓުގެ މައްސަލަތައް ހައްލުކުރުމާއި، މިސްކިތްތަކުގައި ކުލަލުމާއި، ފާހާނާތައް މަރާމާތުކުރުން ހިމެނޭކަމަށް މާލެ ސިޓީ ކައުންސިލްއިން ބުންޏެވެ.
އޭގެ އިތުރުން މިސްކިތްތަކުގެ ފެންވަރު ރަނގަޅުކުރުމާ ގުޅުންހުރި އެހެނިހެން ގިނަ މަސައްކަތްތަކެއް ވެސް، އެ މުއްދަތުގެ ތެރޭގައި ކުރިކަމަށް ބުންޏެވެ.
އޭގެ އިތުރުން މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ސަހަރާތައް ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައްތައް ހިމެނެއެވެ.
އެގޮތުން މާލޭގައި އާންމުކޮށް މީހުން ވަޅުލުމަށް ބޭނުންކުރާ ދެ ސަހަރާ ފުރުމާ ގުޅިގެން، ހުޅުމާލޭ ސަހަރާއަށް ވަނީ 17,255އަކަ ފޫޓުގެ ބިން އިތުރުކޮށްފައެވެ. އަދި މައްޗަންގޮޅި އައު ސަހަރާގައި ވެސް އިތުރު މީހުން ވަޅުލެވޭނެ ގޮތަށް ޖާގަ ތަނަވަސްކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ބާވެފައިވާ މުސްހަފްތަކާއި ދީނީ ލިޔުންތައް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމާއެކު ނައްތާލުމުގެ މަސައްކަތް ވެސް ކައުންސިލުން އަންނަނީ ކުރަމުންނެވެ. އެކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން، ކޮންމެ ހަމަހަކުން އެއްފަހަރު، ގޭބިސީތަކާއި އެކި މުއައްސަސާތަކުގައި ހުރި މިފަދަ ތަކެތި ކައުންސިލާ ހަވާލުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































