
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުން ވަނަތައް ހާސިލުކުރާ ޓީމުތަކަށް އަގުހުރި އިނާމުތަކެއް ދޭން ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ މުބާރާތުން އެއްވަނައަށް ހޮވޭ ޓީމް އަށް 30,000ރުފިޔާ ދިނުމަށް ނިންމާފައިވާއިރު މުބާރާތުގެ 2ވަނަ ޓީމަށް 25,000ރުފިޔާ އަދި ތިންވަނަ ޓީމަށް 20،000ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން މުޅި މުބާރާތުގައި އެންމެ ބަރުމަސް ބާނާ ފަރާތަށް ވެސް އިނާމުދޭން ވަނީ ނިންމައިފައެވެ.
އެ މުބާރާގައި ބައިވެރިވުމުގެ ފުރުސަތު މިއަދަށް ހަމަވިއިރު ރާއްޖޭގެ އެކި ރަށްތަކުން ގިނަ އަދަދެއްގެ ޓީމުތަކުން ވަނީ ބައިވެރިވެވަފައެވެ.
އެ މުބާރާތުގައި
- ގަވައިދުތަކުން ހިފުން ނުވަތަ ބޭނުންކުރުން މަނާކޮށްފައިވާ ބާވަތްތައް ހިފުމާއި ބޭނުންކުރުން މަނާވާނެ.
- ދޯނީގެފަޅުވެރިން މަސްވެރިކަމުގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭނެ.
- ރާއްޖޭގައި ހަދާފައިވާ އެއްވެސް ގާނޫނަކުން މަނާ ކޮށްފައިވާ ނުވަތަ ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން
މަސްވެރިކަން ނުކުރެވޭނެ.







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































