
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި ހަފްތާ ކުރިއަށް ނުގެންގޮސް އަންނަ ހަފްތާގައި ކުރިއަށް ގެންދަން ފަސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދަނީ މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތަކެވެެ. ނަމަވެސް މިދިޔަ ހަފްތާ އާދިއްތައާއި ހޯމަ ދުވަހު ދެވަނަ ދައުރުގެ ޖަލްސާތައް ބޭއްވުމަށް ފަހު ނިމިގެން ދިޔަ ހަފްތާގައި ދެން ޖަލްސާއަށް ކުރިއަށް ނުގެންދެއެވެ. ނަމަވެސް މި ހަފްތާ ޖަލްސާތައް ކުރިއަށް ގެންދަން އޮތީ ނިންމައިފައެވެ.
ނަމަވެސް މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މި ހަފްތާވެސް ޖަލްސާތައް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޖަލްސާތައް ދެން ފަށާނީ އަންނަ ހަފްތާގައި ކަމަށް ވެސް ބުންޏެވެ.
އޭގެ ސަބަބެއް މަޖިލިސްއިން ހާމައެއް ނުކުރެއެވެ.
މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ކޮންމެ ހޯމައަކުން ބުދައަށް އެކަންޏެވެ.
މަޖިލީހުގެ ޖަލްސާތަކަށް ބުރޫ އަރާފައިވާއިރު ނިިމިގެން ދިޔަ ހަފްތާގެ އާދިއްތަ ދުވަހު ކުރީގެ ނައިބު ރައިބު ރައީސް އަހުމަދު ނާޒިމް ވަކިކުރަން ވެސް ޖަލްސާއެއް ބޭޢްވިއެވެ. ނަމަވެސް އެ ދުވަހު ނާޒިމް ވަނީ ވަކިކުރުމުގެ ކުރިން އިސްތިއުފާ ދެއްވައިފައެވެ.
މަޖިލީހުގެ ނައިބު ރައީސްއަކަށް އޭގެ ފަހުން ވަނީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އިންތިހާބުކޮށްފައެވެ.


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































