ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދެމެދު އޮތް “އެމްޕެރަރ އެކްސްޕްލޯރަރ” ނަމަކަށް ކިޔާ ސަފާރީގައި އަލިފާނުގެ ހާދިސާއެއް ހިނގައި އަނދާ އަޅިއަށްވެ އަޑިއަށް ގޮސްފިއެވެ.

ޤައުމީ ދިފާއީ ބާރުން ބުނީ، އެމްޕެރަރ އެކްސްޕްލޯރަރ ސަފާރީގަ ރޯވި އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުން ދަނިކޮށް، ރޭ ފަތިހު 05:03 ހާއިރު އެ އުޅަނދު ވަނީ އަޑިއަށް ގޮސްފައި ކަމަށެވެ.

މި ހާދިސާގައި ދުމުގެ އަސަރުކުރުމާ ގުޅިގެން، ސަފާރީގެ ދެ ފަޅުވެރިއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Leave a Reply