ޑިޒައިން އެންޑް ބިލްޑް އުސޫލުން އެސްޖޭ ކޮންސްޓްރަކްޝަންްއާ ހަވާލުކޮށްގެން ހއ. ދިއްދޫގައި އަޅަމުންދާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ގާތްގަނޑަކަށް އެއްކޮށް ނިމިއްޖެއެވެ.

ހައުސިން މިނިސްޓްރީން ބުނީ ދިއްދޫގައި އަޅަމުންދާ 75ހައުސިން ޔުނިޓްތަކުގެ 98.55މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އަދި މިހާރު ކުރަމުންދަނީ ބަދިގެއާ ފާހާނާގެ ފިނިޝިން މަސައްކަތްތައްކަމަށް ވެސް ބުންޏެވެ.

ދިއްދޫގައި ހައުސިން ޔުނިޓުތައް އަޅަން 120މިލިއަން ރުފިޔާއަށް އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކުރީ 2022ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާނީ ދެ ފަންގިފިލާގެ ރޯހައުސްތަކެކެވެ. އެ ކޮންމެ ރޯހައުސްއެއްގައި ތިން ކޮޓަރި، 3ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހުންނާނެއެވެ.

ދިއްދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދު ވަށައިގެން އަލިކޮށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ވެސް ގާއިމުކުރަން ވަނީ ނިންމައިފައެވެ.

Leave a Reply