މާލޭގައި ފޭރުނު މީހަކު ހައްޔަރުކޮށް ބައެއް ފައިސާތައް ހޯދައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ގދ. ވަދޫ/ އަތަމާގެ، އިޖާޒު ނަސީރު (40އ)އެވެ.

އެ މައްސަލައިގައި އޭނާ 10ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ފޭރުނުކަމަށް ބެލެވޭ ފައިސާގެ ބައެއް އިޖާޒުގެ އަތުން ފެނިފައިވެއެވެ.

އޭނާއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވެއެވެ.

އެ ބާވަތުގެ ބަންދާއި ކުށުގެ ރެކޯޑް އިޖާޒްގެ އޮންނަކަން ވެސް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

 

Leave a Reply