މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމަށް  ހުސެއިން ޝަފީގު އައްޔަނުކޮށްފި އެވެ.

ދައުލަތުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން(ޕީސީބީީ)އިން މިއަދު އެކްސްގައި ބުނީ އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި، ޗީފް އެގްޒެކްޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު މަގާމަށް، ޝަފީގު މިއަދުން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ.

އެމްޕީއެލް އެމްޑީގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާން، މި މަހުގެ ހަވަނަ ދުވަހު އެ ކުންފުނީގެމެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ.

ޝަފީގުއަކީ މި ސަރުކާރުގައި އެމްޕީއެލްގެ އެމްޑީގެ މަގާމު ފުރުއްވާ ތިންވަނަ ބޭފުޅާ އެވެ.

Leave a Reply