ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސާދިގް (ސޯބެ)މަޖިލީހުގެ ބޮޑު ދެ ކޮމިޓީއަކަށް އެންމެ ފަހުން އައްޔަނުކޮށްފިއެވެ.

މިދިޔަ މަހު 24ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އަޑުގަދަކޮށްގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 13މެންބަރުންގެ ތެރެއިން ނުވަ މެންބަރަކު މަޖިލީހުގެ ތަޅުމުން ނެރުނެވެ.

އެމްޑީޕީން ބުނީ އެ މެމްބަރުން އެ ޖަލްސާގައި ކުރީ އިހުތިޖާޖެއް ކަމަށާއި ސޯބެ އަށް މަޖިލީހުގެ “ރަނގަޅު ކޮމިޓީއަކުން”ޖާގަ ނުދިނުމުން ކަމަށެވެ. ސޯބެއަކީ މި ހިނގާ 20ވަނަ މަޖިލީހުގައި މި ފަހުން ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރައްވައިގެން މަޖިލީހަށް މިދިޔަ މަހު އިންތިހާބުވެވަޑައިގަތް ބޭފުޅެކެވެ. އެހެންވެ ސޯބެއާއެކު އެމްޑީޕީއަށް ކޮމިޓީތަކުން ލިބޭ ޖާގަވެސް އިތުރުވެއެވެ. ނަމަވެސް އެމްޑީޕީން ބުނީ ޕީއެންސީގެ މެޖޯރިޓީން އޮންނަ މަޖިލީހުން މަސައްކަތްކުރަމުން ދިޔައީ މަޖިލީހުގެ އާދައިގެ ކޮމިޓީއަކަށް ސޯބެ ލުމަށް ކަމަށެވެ.

އެ އިހުތިޖާޖުތައް ކޮށްފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ސޯބެ ލާމަރުކަޒީ ކޮމިޓީ އަދި އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށްލާން ފާސްކޮށްފައެވެ.

އޭގެ ތެރެއިން ލާމަރުކަޒީ ކޮމިޓީއަކީ އެމްޑީޕީން އަބަދުވެސް ވަރަށް ބޮޑަށް ބޭނުންވާ ކޮމިޓީއެކެވެ.

Leave a Reply