މަސްޖިދުލް ހަރަމްގެ އިމާމު އަދި ޚަތީބު ފަޟީލަތުއް ޝައިހު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެކަން އިޢުލާން ކުރެއްވީ، ރޭ ބޭއްވި ކީރިތި ޤުރްއާން ކިޔެވުމުގެ 38ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މިނިސްޓަރު ވިދާޅުވީ، އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ތާރީހު ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.

މިއީ 43އަހަރު ފަހުން މަސްޖިދުލް ހަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ފުރަތަމަ ފަހަރަށް ހަރަމްގެ އިމާމަކު ރާއްޖެ ވަޑައިގެންފައިވަނީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ފަޟީލަތުއް ޝައިހު މުހައްމަދު އައްސުބައްޔިލެވެ.

2025ވަނަ އަހަރު މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ސަލާހުލް ބުދައިރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

Leave a Reply