
ށ. މިލަންދޫގައި މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.
“ދެން”އަށް އެނގިފައިވާ ގޮތުން ދަންވަރު މާރާމާރީ ހިންގީ ސޯޝަލް މީޑިއާގައި އަނބިމީހާ ފަލައޭ ބުނެގެންނެވެ.
އެގޮތުން އަންހެން މީހާގެ ފިރިމީހާއާއި އެހެން ފިރިހެނަކު ވަނީ އެފަދައިން ބުނި މީހާއާއެކު މާރާމާރީ ހިންގައިފައެވެ.
“ދެން”އަށް އެނގިފައިވާ ގޮތުން އެ ދެ މީހުން ވަނީ ވަޅިން ހަމަލާ ދޭނެކަމުގެ އިންޒާރު ވެސް ދީފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލައިގައި 22އަހަރުގެ މީހަކާއި 31އަހަރުގެ މީހަކު ހައްޔަރުކުރި ކަމަށެވެ.
ނަމަވެސް 31އަހަރުގެ މީހާ ކޯޓުން ދޫކޮށްލައި އަދި 22އަހަރުގެ ފިރިހެން މީހާ 12ދުވަހަށް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެ މާރާމާރީގައި މާބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































