މޯލްޑިވްސް ކަރެކްޝަަނަލް ސާވިސްގެ ހެޑްކުއާޓަރުގެ އާ އިމާރާތް މިއަދު ހުޅުވައިފި އެވެ.

ހުޅުމާލޭ ޖަލުގެ ގޯތިތެރޭގައި ގާއިމުކޮށްފައިވާ ކަރެކްޝަންސްގެ އާ އިމާރާތް ހުޅުވައިދެއްވީ މިއަދު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ކަރެކްޝަންސްގެ ހެޑްކުއާޓަރުގެ އާ އިމާރާތަށް ރައީސް މުއިއްޒު މިއަދު ކުރެއްްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެ އިމާރާތް ބައްލަވާލައްވައި ކަރެކްޝަންސްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިވެސްކުރައްވައިފަ އެވެ.

ކަރެކްޝަންސްގެ ހެޑްކުއާޓަރުގެ އާ އިމާރާތަކީ، ދެ ފަންގިފިލާގެ މައްޗަށް އެކުލެވޭ، 12000 އަކަފޫޓު ބޮޑުމިނުގެ އިމާރާތެކެވެ.

ސޯޅަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމި އެ އިމާރާތުގައި،  15 ސެކްޝަން އަދި ޑިވިޝަނާއި ކޮމާންޑް ހިމެނޭހެން، 170އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މަސައްކަތްކުރާނެ އެވެ.

Leave a Reply