ސައުދީ އަރަބިއްޔާއާއެކު ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ކުރިއަށް ގެންގޮސްފައި ވަނީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތެރެއިން އެ ގައުމުގެ ޑިފެންސް މިނިސްޓަރ ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާ ބައްދަލުކުރައްވައެވެ.

ޑިފެންސް މިނިސްޓްރީ އިން ބުނި ގޮތުގައި މި ބައްދަލުވުމުގައި ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރުކޮށް ދިފާއީ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރައްވާފައެވެ. އަދި ސަރަހައްދީ އަދި ބައިނަލްއަގްވާމީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުންނާއި، ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް ބުނެފައިވެއެވެ.

މިނިސްޓަރު ރަޝީދު ސައުދީ އަރަބިއްޔާ އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެގައުމުގެ ޑިފެންސް މިނިސްޓަރ ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

Leave a Reply