
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ވޭޕް ނައްތާލައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މިއަދު ދޫނިދޫގައި ނައްތާލައިފައި ވަނީ މި އެޕްރީލް މަހުގެ 16ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތި ކަމަށެވެ.
އެގޮތުން ނައްތާލައިފައި ވަނީ 138 ނެނޯ ކާޓްރިޖްއާއި ޑިސްޕޯސަބަލް ވޭޕްއާއި ވޭޕްއާ ގުޅުންހުރި އެހެނިހެން ތަކެތި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ތަކެތި ނައްތާލައިފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































