71ފުޅި ބަނގުރަލާއެކު ހުޅުމާލެއިން ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މަހުގެ 23ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ ދިނެޝް ކުމާރު މުރްގެސަންއެވެ.

އެ މައްސަަލައިގައި އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ 3ދުވަހެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އޭނާ ބަންދުން ދޫކޮށްލައިފިނަމަ ފިލައިގެން ދިއުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންވެ އޭނާ އިތުރު 15ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ ބިދޭސީ މީހާ ހައްޔަރުކުރީ ހުޅުމާލެ ފޭސް 1ދިއްގާމަގުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 18ފުޅި ފެނިގެންނެވެ. އަދި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 53ފުޅި ފެނުނެވެ.

Leave a Reply