
ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން 645މިލިއަން ރުފިޔާގެ ޓްރެޝަރީ ބިލު (ޓީ ބިލު)ވިއްކަން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާންއެއްގައި ވަނީ ވިއްކަން ނިންމި ޓްރެޝަރީ ބިލުތަކުގެ ތަފްސީލުވެސް ހާމަކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ.
- 3.50ޕަސެންޓްގެ އިންޓްރެސްޓްގައި 265މިލިއަންގެ ޓީބިލު.
- 3.87ޕަސެންޓްގެ އިންޓްރެސްޓުގައި 50މިލިއަންގެ ޓީ ބިލު.
- 4.23ޕަސެންޓްގެ އިންޓްރެސްޓުގައި 247މިލިއަންގެ ޓީބިލު.
- 4.60ޕަސެންޓުގެ އިންޓްރެސްޓުގައި 83.4މިލިއަނުގެ ޓީބިލު.
ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ޓީ ބިލު ދޭތެރެ ދޭތެރެއިން އަބަދުވެސް ވިއްކައެވެ. އެގޮތުން މިދިޔަ މަހު ވެސް 1.1ބިލިއަން ރުފިޔާއާ ހަމައަށް ޓީބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލިއެވެ.
ޓީ ބިލުތައް އާންމުކޮށް ގަންނަނީ ޕެންޝަން އޮފީސްއާއި ސަރުކާރުގެ ކުންފުނިތަކުންނެވެ.































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































