ރައްޔިތުން އެދޭ ތަސައްވުރާ އެއްގޮތަށް ގައުމަށް ތަރައްގީ ގެނެސްދިނުމަށްޓަކައި، ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތުތައް ބަދަލުކުރުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ގައުމުގެ ކުރިއެރުމުން ހަގީގީ ހިތްހަމަޖެހުމެއް ލިބިގެންދާނީ އާންމު ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަންކޮށްގެންނެވެ. އެހެންކަމުން، ތަރައްގީގެ އެންމެހައި މަޝްރޫޢުތަކާއި ކަންކަން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ބާރުތައް ލާމަރުކަޒުކޮށް ރައްޔިތުންނަށް އިޚްތިޔާރުތައް ދިނުމުން ނުކުންނަ ފުރިހަމަ ނަތީޖާ ފުވައްމުލަކު ސިޓީން ވަރަށް ސާފުކޮށް ފެންނަން އެބައޮތްކަން ރައީސް ޞާލިޙް ވަނީ ދައްކަވާފައެވެ.

ސިޔާސީ މަސްރަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޕާޓީގެ އެތެރޭގެ ޕްރައިމަރީތަކަށް ފަހު މެމްބަރުންގެ މެދުގައި ބައިބައިވުން އުފެދުމަށް ޖާގަ ނުދިނުމަށާއި، އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުމަށް ވެސް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

Leave a Reply