
ފ. ބިލެތްދޫގެ ރަށްވެއްސަކަށް ވާން 2500ރުފިޔާގެ އެލަވެންސްއެއް ދޭން ނިންމައިފިއެވެ.
ބިލެތްދޫ ކައުންސިލްއިން ބުނީ އެ ނިންމުން ނިންމީ އިއްޔެ އެ ކައުންސިލްއިން ބޭއްވި ޖަލްސާގައި ކަމަށެވެ.
އެގޮތުން ބިލެތްދޫގެ ރަށްވެހިކަމުން ވަކިވާން ހުށަހަޅާ ފަރާތްތަކުގެ އަތުން 5000ރުފިޔާގެ ފީއެއް ނަގައި އެހެން ރަށެއްގެ ރަށްވެހިކަމުން ވަކިވެގެން ބިލެތްދޫގެ ރަށްވެއްސަކަށް ވާން އެދި ހުށަހަޅާ ފަރާތްތަކަށް 2500ރުފިޔާގެ އެލަވެންސްއެއް ދޭން އިއްޔެ ނިންމިކަމަށް ކައުންސިލްއިން ބުންޏެވެ.
ރަށްވެހިވާ ފަރާތްތަކަށް ފައިސާ ދޭނީ މި މަހުން ފެށިގެން ކަމަށާއި އެކަމަށް ޓަކައި ކައުންސިލްގެ ބަޖެޓަށް ވެސް އެބައި އިތުރުކުރާނެ ކަމަށް ކައުންސިލްއިން ބުންޏެވެ.
ހާހެއްހާ މީހުންގެ ރަޖިސްޓްރީއެއް އޮންނަ ބިލެތްދޫގެ އާބާދީ ފަހުގެ އަހަރުތަކުގައި ވަނީ ދަށްވާން ފަށައިފައެވެ. އެއީ ގިނަ ބަޔަކު ފ. އަތޮޅުގެ ވެރިރަށް ނިލަންދޫ އަދި މާލެއަށް ބަދަލުވަމުންދާތީއެވެ.
ރަށްވެހިކަން ދޫކޮށްލާނަމަ ފީއެއް ނަގަން ގދ. ތިނަދޫ ކައުންސިލްއިން ވެސް ކުރިން ނިންމާފައިވެއެވެ.

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































