ދޮޅު ކިލޯގެ ޑުރަގު އެތެރެކުރުމުގައި އުޅުނު ދިވެހި ދެ އަންހެނުންގެ ބަންދު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

މިދިޔަ މަހުގެ 17ވަނަ ދުވަހު އެ މައްސަލައިގައި ހައްޔަރުކުރީ ގ. މުތީގެއާގެ / މާލެ، އަލްޔާ ޝަރްސާ ނަސީރު (25އ)އާއި ބިޖިލީއުފާ / ކ. ތުލުސްދޫ، އާމިނަތު ރޫނާ (29އ)އެވެ.

އޭގެ ތެރެއިން އަަލްޔާ ހައްޔަރުކުރީ އޭނާ ގެނައި ލަގެޖުން ޑްރަގު ފެނިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަދި ރޫނާ ހައްޔަރުކުރީ ހަމަ އެ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގެ ތެރެއިންއެވެ.

އެ މައްސަލައިގައި ފުރަތަމަ ދެ މީހުންގެ ބަންދަށް ޖެހީ 15ދުވަހެވެ. އޭގެ ފަހުން 25ދުވަހަށް ބަންދު އިތުރުކުރި އިރު ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ދެ މީހުން އިތުރު 30ދުވަހަށް ބަންދުކުރަން ވަނީ އަމުުރުކޮށްފައެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އެ މަސްތުވާތަކެތި އެތެެރެކުުރުމުގައި އެންމެ އިސްކޮށް އުޅުނީ ރޫނާއެވެ. އަދި އަލްޔާއަކީ ކައިރިކައިރީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހެއްކަން ވެސް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

Leave a Reply