ރާއްޖޭގެ ނޫސްވެރިންނަށް ތަޖުރިބާ ހޯދުމުގެ ފުރުސަތު ހޯދައިދިނުމަށް ސައުދީ އަރަބިއްޔާއާއެކު މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާތައް ކުރިއަށް ދިޔައީ ރާއްޖޭގެ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން މިއަދު ސައުދީ އެމްބަސީގައި އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހުޔާ ހަސަން އަލް ގަހުތާނީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންއިން ބުނީ އެ ބައްދަލުވުުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ މީޑީއާގެ ފަރާތްތަކަށް ތަމްރީންއާއި ތަޖުރިބާ ހޯދައިދިނުމާ ގުޅޭ ގޮތުން ކަމަށެވެ.

އަދި ސައުދީ ސަފީރު ވަނީ ސައުދީ މީޑިއާ ރެގިއުލޭޓަރީ އިދާރާތަކާ  މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ދެމެދު އޮތް ގުޅުން ބަދަހިކުރަން މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ރާއްޖޭގެ މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަފާރު ދާއިރާތަކުން ތަމްރީންއާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންއިން ކުރަމުންދާ މަޝްވަރާ ބައްދަލުވުންތަކުގައި މިހާތަނަށް އެފަދަ ތިން ބައްދަލުވުމެއް ބާއްވާފައިވެއެވެ.

Leave a Reply