
ބްލޫ ސިނަޖީ އިންވެސްޓްމަންޓްސް އާއި އިނގިރޭސިިވިލާތުގެ އެމެރަލްޑް ގުޅިގެން ތ. އަތޮޅުގައި ޓައުންޝިޕް މަޝްރޫއެއް ހިންގަން ނިންމައިފިއެވެ.
ތ އައިލެންޑް ކްލަސްޓާ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއާ ބެހޭ ގޮތުން ބޭރުގެ ނޫސްތަކުގައިވާ ގޮތުން މި މަޝްރޫއުގެ ދަށުން ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ވަސީލަތްތައް ހިމެނެއެވެ. މަލްޓި އައިލެންޑް ކޮންސެޕްޓަށް ތަރައްގީކުރާ މި ޓައުންޝިޕް މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ދިރިއުޅުމަށް ބޭނުންވާ އެކި ފެންވަރުގެ ވަސީލަތްތަކާއި ވިޔަފާރި އަދި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ލިބޭނެއެވެ.
ބްލޫ ސިނާޖީ އިންވެސްޓްމަންޓްސްއިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ލިބޭނެއެވެ.
މި މަޝްރޫއު ވެގެންދާނީ ރާއްޖޭގައި ހިންގާ ޓައުންޝިޕް މިފަދަ ދެވަނަ މަޝްރޫއަށެވެ. މިހާރު ނ. އަތޮޅުގައި ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން “އާއިލާ”ގެ ނަމުގައި 790މިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫއެއް ދަނީ ހިންގަމުންނެވެ.





























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































