ދެމެހެއްޓެނިވި ފަތުުރުވެރިކަމުގެ ސިނާއަތެއް ކުރިއަރުވަން އަހައްމިއްޔަތުކަންދެއްވާކަމަށް ރައީސް ޑރ. މުހައްމަަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

އެގޮތުން ރާއްޖެއަށް ހާއްސަ ވެގެންވާ ގުުދުރަތީ ޗާލޫކަމާއި، ވަކިވަކި ސަގާފީ ސިފަތަކާއި އަދި ދިވެހިންގެ މެހެމާންދާރީ ރައްކާތެރިކުރުމާއެކު، ސުމޭކީ އީޖާދުތަކާއި ހުނަރު ތަރައްގީކުރުމުގެ ޒަރީއްޔާއިން ވިލުންތެރި، ދެމެހެއްޓެނިވި އަދި މުސްތަގުބަލަށް ފައްކާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތެއް ކުރިއެރުވުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރައީސް ތަކުރާރުކުރެއްވިއެވެ.

ފަތުރުވެރިން މަންޒިލުތައް ހޯދައި ދެނެގަތުމާއި، ދަތުރުތައް ރޭވުމާއި، އަދި ފަތުރުވެރިކަމުގެ ތަޖުރިބާތައް ލިބިގަންނަ ގޮތް ބަދަލުކޮށްލުމުގައި ސުމޭކު ފަންނިއްޔާތާއި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ވެށްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ މައްޗަށް ވެސް އެމަނިކުފާނުގެ މެސެޖުގައި ބައްލަވާލައްވާފައިވެއެވެ.

އަދި އެފަދަ ކުރިއެރުންތަކަކީ ފަތުރުވެރިންގެ ބައިވެރިވުން އިތުރުކުރުމަށާއި، ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ފަތުރުވެރި މަންޒިލުތަކުގެ ވާދަވެރިކަން ވަރުގަދަކުރުމަށް ލިބޭ އައު ފުރުސަތުތަކެއްކަމުގައި އެ މަނިކުފާނު ބަޔާންކުރެއްވިއެވެ.

މި ކަންކަމަށް ރިއާޔަތްކުރައްވައި، ދިވެހި ތަޖުރިބާގެ އަސްލު ކަމުގައިވާ އަމިއްލަވަންތަކަމާއި މެހެމާންދާރީ ރައްކާތެރިކުރަމުން، ހަލުވިކަމާއެކު ސުމޭކީވަމުން އަންނަ ދުނިޔެއެއްގައި ކުރިއަރައި ދިއުމަށްޓަކައި، ސުމޭކީ އީޖާދުތަކަށާއި، ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ވުނަކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

Leave a Reply