ހުޅުމާލެ ބޭރުގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާގެ މައުލޫމާތު 2026 މެއި 9ވަނަ ދުވަހުގެ 16:55 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާގައި ދުމުގެ އަސަރުކުރުމާ ގުޅިގެން، ސަފާރީގެ ދެ ފަޅުވެރިއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ޤައުމީ ދިފާއީ ބާރުން ބުނީ، ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދެމެދު އޮތް “އެމްޕެރަރ އެކްސްޕްލޯރަރ” ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ދަނީ ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

Leave a Reply