10,000އަށް ވުރެ ގިނަ މަނާ ބޭސް ގުޅަ އެތެރެކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ހަވީރު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ ސަޖިބް (33އ)އެވެ.

އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރުމުގެ ތުހުމަތެވެ.

އެ މައްސަލައިގައި ކޯޓުން ވަނީ 20ދުވަސް ބަންދުކުރަން ވެސް އަމުރުކޮށްފައެވެ.

ބަންދު އަމުރުގައިވާ ގޮތުން ސަޖިބްގެ ލަގެޖުން 11،048މަނާ ބޭސްކަމަށް ޝައްކުކުރޭވޭ ގުޅަ ފެނިފައިވެެއެވެ.

ސަޖިބްގެ ކުޑަކަމުދާތަކެތި އެމްފެޓަމިންއަށް ވަނީ ޕޮޒިޓިވްވެސް ވެފައެވެ.

އަދި އޭނާގެ ފޯނުގެ އެކްސްޓްރެކްޝަން ހެދުމުން މުހިއްދީން ނަމަކަށް ކިޔާ މީހަކާ ވާހަކަ ދައްކާފައިވާކަން ފެންނަން އޮތް ކަމަށާއި އެ މުއާމަލާތުގައި މަސްތުވާތަކެތީގެ ގުޅަތަކެއްގެ ފޮޓޯ ފޮނުވާފައި އޮތް ކަމަށް ބަންދު އަމުރުގައި ބުނެފައިވެެއެވެ.

Leave a Reply