ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވައިގެ މަގުން ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ފަހުން ފައިސާ ދައްކާގޮތަށް އުސޫލުން އެއާ ޓިކެޓްގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ އެ ޕްރޮޖެކްޓުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 13ވަނަ ދުވަހާއިހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

އަދި ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް ފުލުހުންނަށް އީމެއިލްކުރުމަށް ވެސް ވަނީ އެދިފައެވެ.

ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ ފުލުހުންނަށާއި އެ މީހުންގެ އާއިލާގެ މީހުންނަށް ބޭސް ފަރުވާގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭއިރު ރާއްޖެއިން ބޭރަށް ފަރުވާއަށް ކުރާ ދަތުރުތަކުގެ ހަރަދު ވެސް ކަވަރުކޮށްދެއެވެ.

އެހެންވެ ބޭރަށް ކުރާ ދަތުުރުތަކުގެ އެއާ ޓިކެޓްއަށް ބޮޑު ހަރަދެއްދެއެވެ.

ސަރުކާރުގެ އެކި މުވައްސަސާތަކުން މިހާރު ވެސް ފަހުން ފައިސާ ދައްކާގޮތަށް އެއާ ޓިކެޓް އެކި ޓްރެވަލް ކުންފުނިތަކުން ނަގައެވެ.

Leave a Reply