މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ގަސްކާނާގެ ގޮތުގައި ބޭނުންކުރާ ޔޫރިއާ ލިބުމުގައި ދަތިވެފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ގަސްކާނާގެ ގޮތުގައި ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ބޭނުންކުރަނީ ޔޫރިއާ ކަމަށެވެ.

ނަމަވެސް ޔޫރިއާގެ 35ޕަސެންޓް ދުނިޔޭގައި އުފައްދަނީ މެދު އިރުމަތީގައި ކަމަށްވާތީ ދުނިޔޭގެ މާކެޓަށް އޭގެ އަސަރުކޮށް އެހެން ގައުމުތަކުން ވެސް ޔޫރިއާ އެކްސްޕޯޓްކުރުން މަނާކޮށްފައިވާ ކަމަށެވެ.

އެހެންވެ އެ ވައްތަރުގެ ގަސްކާނާ ރާއްޖެއަށް ލިބުމުގައި ދަތިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމަ އެހެންމެ ދަނޑުވެރިކަމުގައި ކަރަންޓު ބޭނުންކުރަން ކުރަން ޖެހޭ ހޭދަތަކުގައި ވެސް ގޮންޖެނުންތަކެއް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކަށް އެންމެ ބޮޑަށް ދަތިވެފައިވަނީ ތެލަށެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދުވެސް ވަނީ ތެލުގެ ސަޕްލަޔަށް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

Leave a Reply