މާލެ ނޯތު ހާބަރުގައި އޮތް ހއ. އަތޮޅު ބޯޓެއްގެ ފަޅުވެރިން ހާލު ދެރަވެގެން ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ހާލި ދެރަވެގެން ހަބަރު ހުސްވެފައިވަނީ އެ ބޯޓުގައި ތިބި ހަތަރު ބިދޭސީންނާއި ދިވެއްސަކަށް ކަމަށެވެ. މި އެންމެންނަކީވެސް ފިރިހެނުންނެވެ.

މި މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 6:35 ހާއިރުއެވެ.

ފުލުހުން ބުނީ މިހާރު އެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. އެމީހުންގެ ހާލު ދެރަވާން މެދުވެރިވި ސަބަބު ސާފެއް ނުވެއެވެ.

ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Leave a Reply