މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ސ. މީދޫ، ހަސަންކާރިގެ، އަހުމަދު ނިޔާޒް ވަކިކޮށްފިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)އިން  ބުނީ ނިޔާޒް އެމްޓީޑީސީގެ އެމްޑީގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުގެ ޑިރެކްޓަރުކަމުގެ މަގާމުން ވެސް މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެެވެ.

ނިޔާޒް އެ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީއިން ނުބުނެއެވެ.

ނިޔާޒް އެމްޓީޑީސީގެ އެމްޑީގެ މަގާމަށް އައްޔަނުކުރީ 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އޭނާ ކުރިން އެމްޓީޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާާމާއި އޮޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރުކަން ވެސް ކުރައްވައިފައެވެ.

Leave a Reply