ބޮޑުތަކުރުފާނުމަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވީ، ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް) / މާލެ، އިބްރާހީމް ނާޞިޙު (39އ)ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އޭނާ ނިޔާވެފައި ވަނީ ޓްރެއިލަރ ލޮރީ ދަށުވެގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށާއި އޭނާ އުޅަނދުގެ ދަށުވާން މެދުވެރިވީ، އުޅަނދުގައި ޖެހި އެކްސިޑެންޓް ވެގެން ކަމަށް ނުބެލެވޭ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ބޮޑުތަކުރުފާނުމަގު އެކްސިޑެންޓް: އަނިޔާވި މީހާ ނިޔާވެއްޖެ

Leave a Reply