
ދިވެހިރާއްޖޭގެ ރިޔާސީ ފާލަން “އިއްޒުއްދީން ފާލަން” އަލުން ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އެމްޓީސީސީއިން މީސްމީޑިއާ އެކްސްގައި ހިއްސާކުރި ޕޯޓެއްގައި ބުނީ، ދިވެހި ރައްޔިތުންގެ ފަޚުރާއި، އިސްތިޤުލާލާއި، އަދި މިނިވަންކަން ރަމްޒުކޮށްދޭ މި ޤައުމީ ބިނާއަށް ނަން ދެވިފައި ވަނީ އައްސުލްޠާން ޙަސަން އިއްޒުއްދީނަށް ނިސްބަތްކޮށެވެ. އަދި މިއީ އެތައް ޖީލަކަށް ދިވެހިންގެ އަމިއްލަވަންތަކަމާއި، ތާރީޚާއި ފަޚުރު ދައްކުވައިދޭ މުހިންމު ނިޝާނެއްކަމަށް ވެސް އެމްޓީސީސީން ސިފަކުރެއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި ފާލަމުގެ އެންމެ ފަހުގެ ތަރައްޤީގެ މަސައްކަތްތައް ނިންމާލުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. މި މަޝްރޫޢު ކުރިއަށް ގެންގޮސްފައި ވަނީ ފާލަމުގެ ތާރީޚީ މުހިންމުކަން ނުގެއްލޭނެހެން ރައްކާތެރިކޮށް، އަދި ގިނަ ދުވަސްތަކަކަށް ދެމިހުންނާނެކަން ކަށަވަރުކޮށްގެންނެވެ.
Izzudheen Jetty serves as Malé City's official Presidential Jetty, a national landmark that symbolizes the honour, sovereignty and independence of the Maldivian people. Named after Sultan Hassan Izzuddin, the jetty has remained as an enduring symbol of our nation's history,… pic.twitter.com/eFRnBVnnAM
— MTCC Plc (@MTCCPlc) July 28, 2026
އަލުން ތަރައްޤީކުރެވުނު އިއްޒުއްދީން ފާލަމުގެ ފަރުމާ ބިނާކޮށްފައި ވަނީ 1950ގެ އަހަރުތަކުގައި ހުރި ފާލަމުގެ އަސްލު ފަރުމާއަށެވެ. އޭގެ އިތުރުން، ދިވެހިންގެ ޒަމާންވީ ފަންނުވެރިކަމާއި ސަގާފީ ތަރިކައިގެ ސިފަތައް ވަރަށް ފުރިހަމައަށް މި ފާލަމުން ފެންނަން ހުންނާނެހެން ވަނީ ހިމަނާފައެވެ. އެމްޓީސީސީން ފާހަގަކުރާ ގޮތުގައި، މިއަދު ފެންނަން މިހުރި އާ ފާލަމަކީ ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތާއި، ތާރީޚާއި، އަދި ދެމިގެންވާ ޤައުމީ ތަރިކައަށް ދެވޭ ވަރަށް ފުރިހަމަ ޝަރަފެކެވެ.






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































