ޕެންޝަން އޮފީހުގެ ޗީޕް އޮޕަރޭޓިން އޮފިސަރު (ސީއީއޯ)މަރިޔަމް ޝިއުނާ ސަސްޕެންޑްކޮށްފިއެވެ.

ޕެންޝަން އޮފީހުގެ އިސް އޮފިޝަލަކު ވަނީ ޝިއުނާ އެ މަގާމުން ސަސްޕެންޑްކުރިކަން ކަށަވަރުކޮށްދެއްވައިފައެވެ.

އޮފިޝަލު ވިދާޅުވީ ޝިއުނާ ސަސްޕެންޑްކުރީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކަމަށެވެ. ނަމަވެސް އޭނާގެ މައްސަލަ ބަލަމުންދާތީ މި ވަގުތު އިތުރު ތަފްސީލު ދެެވެން ނެތް ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

ޝިއުނާ އެ މަގާމުން ސަސްޕެންޑްކުރި އިރު މި ފަހުން ޕެންޝަން އޮފީހުގެ އިސް ގިނަ ބޭފުޅުންތަކެއް ވެސް ވަނި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ތެރޭގައި ބޯޑު މެމްބަރުން ވެސް ހިމެނެ އެވެ.

ޝިއުނާ ކުރިން ވަނީ ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސްގެ މަގާމާއި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފައެވެ.

Leave a Reply