
މިމަހުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އައި ޓޫރިސްޓުންގެ އަދަދު އިތުރުވެ، މި އަހަރު އައި ޓޫރިސްޓުންގެ އަދަދު 1.1 މިލިއަންނަށް ވުރެ މަތިވެއްޖެއެވެ.
ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 1،172،283 މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް ވިއޭއޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް ޖުލައި މަހުގެ މިހާތަނަށް ލިބިފައިވާ އަދަދުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ގާތްގަނޑަކަށް 4.7 އިންސައްތައިގެ ދަށްވުމެއް ފާހަގަކުރެވެއެވެ.
މިމަހުގެ މިހާތަނަށް ބަލާއިރު އެވްރެޖުކޮށް ރާއްޖެ އަންނަ ޑެއިލީ އެރައިވަލްސް ޓޫރިސްޓުންގެ އަދަދު ވަނީ 6،000 އަށް މަތިވެފައެވެ.
އެންމެ ގިނައިން ފަތުރުވެރިން ގައުމުތައް
ޗައިނާ – 195،363 ފަތުރުވެރިން (17.0 އިންސައްތަ)
ރަޝިއާ – 167،317 ފަތުރުވެރިން (14.6 އިންސައްތަ)
ޔޫކޭ – 92،727 ފަތުރުވެރިން (8.1 އިންސަތް )
އިޓަލީ – 76،930 ފަތުރުވެރިން (6.7 އިންސައްތަ)
ޖަރުމަނުވިލާތް: – 72،180 ފަތުރުވެރިން (6.3 އިންސައްތަ)
ފަތުރުވެރިން ބެހިފައިވާ ގޮތަށް ބަލާއިރު ރިސޯޓުތަކށް 834،816 ފަތުރުވެރިން ގޮސްފައިވާއިރު،
ގެސްޓްހައުސްތަކަށް 262،171 ޓޫރިސްޓުން އަދި ހޮޓާތަކުގައި 27،523 ޓޫރިސްޓުން މަޑުކޮށްފައިވެއެވެ.
މި އަހަރުގެ މިހާތަނަށް އައިއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ނަމަވެސް، ޗައިނާ އަދި ރަޝިއާ ފަދަ މައިގަނޑު މާކެޓުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ވަނީ ކުރީ އަހަރެކޭ އެއްގޮތަށް ކުރީގައި ހިފަހައްޓާފައެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. މި އަހަރުވެސް މި އަދަދަށް ޓޫރިސްޓުން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައި ވެއެވެ.

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































