ހުޅުމާލެ ފަޅުތެރެއަށް ފައިބައި އުޅެނިކޮށް ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ހުޅުމާލެ ސްޓެލްކޯ އާއި ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފެށީ ރޭ 6:30 ކަންހާއިރު އެވެ.

އެހެންވެ އޭނާ ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދިޔައީ ހަރަކާތްތެރިވަމުން ނެވެ. އަދި ފުލުހުންނާއި އެއާޕޯޓްގެ ރެސްކިޔު ޓިމުތައް ވެސް ހަރަކާތްތެރިވި އެވެ.

އެމްއެންޑީއެފްއިން މިއަދު ހެނދުނު ބުނީ އެ މީހާގެ ހަށިގަނޑު ހުޅުމާލެ ފަޅުތެރެއިން ފެނިފައިވާ ކަމަށެވެ. އޭރު އޭނާ ވަނީ މެރުވެފަ އެވެ.

އެމްއެންޑީއެފްއިން ބުނީ އެ މީހާއަކީ ތެޔޮ ބާޖަކުން މޫދަށް ފޭބި ފަޅުވެރިއެއް ކަމަށެވެ.

އޭނާ މަރުވި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.

Leave a Reply